ވަޒީރުންނާއި ސުވާލު ކުރާ ވަގުތު އިތުރު ކުރަން އާންމު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރާ ވަގުތު އިތުރު ކުރަން އާންމު ކޮމިޓީން ފާސްްކޮށްފި އެވެ. މި ކަމާއި ގުޅޭގޮތުން އާންމު ކޮމިޓީގައި މަޝްވަރާ ކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝ...

23 May 2022 | 08:45

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރާ ވަގުތު އިތުރު ކުރަން އާންމު ކޮމިޓީން ފާސްްކޮށްފި އެވެ.

މި ކަމާއި ގުޅޭގޮތުން އާންމު ކޮމިޓީގައި މަޝްވަރާ ކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުންނެވެ. ނަޝީދު އެގޮަތަށް ލަފާދެއްވީ ވަޒީރުންނާއި ސުވާލު ކުރާ ވަގުތު ކުޑަކަމުން މެމްބަރުން ޝަކުވާ ކުރައްވާތީ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނުރަސްމީކޮށް މަޝްވަރާ ކުރުމަށް ފަހު، މެމްބަރުން ނިންމީ ވަޒީރުގެ އިއުތިރާޒެއް ނެތް ނަމަ 30 މިނިޓަށް ބަދަލު ކުރުމަށެވެ. އެގޮތަށް ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މިހާރުގެ ގަވައިދުގައި ވަޒީރުންނާއި ސުވާލު ކުރުމަށް ކަނޑައަޅާފައި އޮންނަނ ީ20 މިނެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް