ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރާއި ޓޮނިކް ނައްތާލައިފިއެވެ.
އެގޮތުން ނައްތާލާފައިވާ ތަކެތީގެ ތެރޭގައި 50 ފުޅި ބަނގުރަލާއި 13471 ފުޅި ބިޔަރާއި 137 ދަށު ބިޔަރާއި 7424 ފުޅި ޓޮނިކް ހިމެނެއެވެ. މި ތަކެތި އިއްޔެގެ ވަގުތެއްގައި ނައްތާލާފައިވަނީ ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައެވެ.
ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކި އެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް