އިންޑިއާ ހިމެނޭހެން 16 ގައުމަކަށް ސައޫދީ ރައްޔިތުން ދަތުރު ކުރުން މަނާކޮށްފި

އިންޑިއާ ހިމެނޭހެން 16 ގައުމަކަށް، ސައޫދީ އަރަބިއްޔާގެ ރައްޔިތުން ދަތުރުކުރުން ސައޫދީގެ ޑިރެކްޓޮްރޭޓް އޮފް ޕާސްޕޯޓްސް އިން މަނާކޮށްފިއެވެ. އެގޮތުން ސައޫދީ ރައްޔިތުން ދަތުރުކުރުން މަނާކުރާ 16 ގައުމުގެ ...

23 May 2022 | 07:44

އިންޑިއާ ހިމެނޭހެން 16 ގައުމަކަށް، ސައޫދީ އަރަބިއްޔާގެ ރައްޔިތުން ދަތުރުކުރުން ސައޫދީގެ ޑިރެކްޓޮްރޭޓް އޮފް ޕާސްޕޯޓްސް އިން މަނާކޮށްފިއެވެ.

އެގޮތުން ސައޫދީ ރައްޔިތުން ދަތުރުކުރުން މަނާކުރާ 16 ގައުމުގެ ތެރޭގައި ލުބުނާނު، ސޫރިޔާ، އަފްޣާނިސްތާން، އިންޑިއާ، ޔަމަން، ސޯމާލިޔާ، އިތިއޮޕިއާ، ކޮންގޯ، ލީބިޔާ، އިންޑޮނޭޝިޔާ، ވިއެޓްނާމް، އަރްމޭނިޔާ، ބެލަރޫސް އަދި ވެނެޒުއޭލާ ހިމެނެއެވެ.

މި ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރުކުރުން ވަގުތީ ގޮތުން މަނާކުރީ އެ ގައުމުތަކުގައި ކޮވިޑް ކޭސްތައް އިތުރުވާތީއެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ.

ކޮވިޑުގެ ހާލަތު އަދިވެސް ބައެއް ގައުމުތަކުގައި މުޅިން ހަމައަކަށް ނޭޅި ދޭތެރެދޭތެރެއިން ކޭސްތަކުގެ އަދަދާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދެއެވެ. އެގޮތުން އަވަށްޓެރި އިންޑިއާއަށް ބަލައިލާއިރު އިއްޔެ ދެ ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވިއިރު ކޮވިޑުގައި އިއްޔެ 46 މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް