އަލިފުށީ އެއާޕޯޓު އަޅަން ބިންކަން ފަށަން، ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސ...

23 May 2022 | 04:32

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ އެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުން ހިމެނެ އެވެ.

މަޝްރޫއު ނިމޭއިރު ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމުގެ އިތުރުން 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މި 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް