ސިލްސިލާ ޕްރެސްތައް ދެން އޮންނާނީ ހަވީރު

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން ދާ ޕްރެސް ކޮންފަރެންސް ދެން އޮންނާނީ ހަވީރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މީގެ ކުރިންވެސް ސިލ...

23 May 2021 | 18:42

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން ދާ ޕްރެސް ކޮންފަރެންސް ދެން އޮންނާނީ ހަވީރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ސިލްސިލާކޮށް ޕްރެސް ކޮންފަރެންސްތައް ބާއްވަމުން ދަނިކޮަށް ރަމަޟާން މަސް ކުރިމަތިވެ، ޕްރެސް ކޮންފަރެންސްތައް ރޭގަނޑަށް ބަދަލުކުރީއެވެ. ނަމަވެސް މިހާރު ރަމަޟާން މަސް ނިމިި، ޝައްވާލް މަހުގެ ހަރޯދަ ވެސް ނިމިފައި ވާތީ، އެޗއީއޯސީއިން ސިލްސިލާކޮށް ބާއްވަމުންދާ ޕްރެސް ކޮންފަރެންސް ދެން އޮންނާނީ ހަވީރު16:30 ގައި ކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، ދުވަހުގެ އަދާހަމަތައް އަދި ރައްޔިތުންނަށް ހިއްސާކުރާ މައުލޫމާތު އެންމެ ޞައްޙަކޮށް ގެނެސްދޭނީ އެޗްއީއޯސީއިންނެވެ. އަދި ނޫސްވެރިން ކުރާ ސުވާލުތަކުގެ ޖަވާބާއި ރައްޔިތުންގެ ކަންބޮޑުވުންތަކާމެދު ވެސް މަޝްވަރާ ކުރެވިގެންދާ މި ޕްރެސް ކޮންފަރެންސްތަކުން ގިނަގުނަ މައުލޫމާތު ލިބެއެވެ. ދެން ކަންތައް ކުރަންވީގޮތް އޮޅުންފިލުވައި ދޭއިރު، އެންމެ ތަފްސީލުކޮށް ކޮވިޑްގެ އެކިއެކި މައުލޫމާތު މި ޕްރެސް ކޮންފަރެންސްތަކުން ލިބެއެވެ.

ޕްރެސް ކޮންފަރެންސްގެ ގަޑިތަކަށް އެކި އިރު ބަދަލު ގެންނައިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ މަޢުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސްތައް އެންމެފުރަތަމަ ބާއްވަމުން ގެންދިޔައީ ކޮންމެ ދުވަހެއްގެ ވެސް ދެ ވަގުތެއްގަ އެވެ. އެއީ މެންދުރާއި ރޭގަނޑު އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެޗްއީއޯސީ ގެ ޕްރެސްތައް ހަފުތާގެ ވަކި ދުވަސްތަކަކަށް ބަހާލައި، ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު، ހޯމަ އަދި ބްރާސްފަތި ދުވަހު ޕްރެސް ބޭއްވުމަށް ނިންމި އެވެ. އަދި އޭގެ ފަހުގައި، ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި އަދި އާދިއްތަ ދުވަހުގެ ރޭ ޕްރެސް ބޭއްވުމަށް ނިންމިއެވެ.

މިހާރު ޕްރެސް ކޮންފަރެންސް ބާއްވަނީ ދުވާލަކު އެއްފަހަރުއެވެ. އަދި މިއަދުން ފެށިގެން ޕްރެސް އޮންނާނީ ހަވީރު16:00ގައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް