މިމަހުގެ 22 ވަނަ ދުވަހާ ހަމައަަށް ފައްސިވި މީހުންގެ ލިޔުން މިރޭ ލިބޭނެ

މިމަހުގެ 22 ވަނަ ދުވަހާ ހަމައަަށް ފައްސިވި މީހުންގެ 'ލީގަލް ޑޮކިއުމެންޓް' އެފަރާތްތަކަށް މިރޭ ލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ލީގަ...

23 May 2021 | 18:27

މިމަހުގެ 22 ވަނަ ދުވަހާ ހަމައަަށް ފައްސިވި މީހުންގެ 'ލީގަލް ޑޮކިއުމެންޓް' އެފަރާތްތަކަށް މިރޭ ލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ލީގަލް ޑޮކިއުމެންޓްތަކުގައި ދެތިން ބާވަތެއް އުޅެއެވެ. އޭގެ ތެރޭގައި އިމާރާތް މޮނިޓަރަށް ލުމާއި ފައްސިވާ ފަރާތަށް އެކަން އަންގަން ދެވޭ ލިޔުމުގެ އިތުރުން ކަރަންޓީންގައި ތިބިކަން އެންގުމަށް ދޭ ލިޔުމާއި ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން އަންގާ އެންގުން ހިމެނެއެވެ.

މަބްރޫކް ވިދާޅުވީ، އެބޭފުޅުން މިހާރު މަސައްކަތް ކުރައްވަމުން ދަނީ ފައްސިވެފައިވާ ފަރާތްތަކުގެ ބެކްލޮގް އެއްކޮށް ނިންމާލުމަށް ކަމަށެވެ.

"22 ވަނަ ދުވަހުގެ ހަގަޑި ސުންމިނެޓާ ހަމަޔަށް ޕޮޒިޓިވްވެފައި ތިއްބެވި ބޭފުޅުންނަށް، އެ ޕޮޒިޓިވްވެފައި ތިއްބެވި ކަމާއި އައިސޮލޭޝަންގައި މަޑުކުރަން ޖެހޭ ކަމުގެ ޑޮކިއުމަންޓް، މިރޭ އެންމެ ލަސްވެގެން ފޮނުއްވާނެކަމަށް އެ ބޭފުޅުން ދެންނެވީ" މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު، އޭގެ ތެރެއިން މިއަދު އެކަނިވެސް އޭގެ2700 އަށްވުރެ ގިނަ ލިޔުންް ފޮނުވާފައި ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މޮނިޓަރިންގެ ހާލަތުގައި ހުންނަ ގެއާއި އަދި ކޮންޓެކްޓް ޓްރޭސިންގް އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ލިޔުން މިހާރުވެސް ފޯރުކޮށްދެމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްތައް ނިމި، ލިޔުން ދޫކުރާ ފަރާތްތަކާ ހަމަޔަށް އައުމުގައި ލަސްތަކެއް އުޅެނީއެވެ. އެހެންކަމުން އެބޭފުޅުންނާ ހަމައަށް ދާވަރަކުން އެ ލިޔުން ތައްޔާރު ކުރެވެމުން ގެންދާކަމަށް މަބްރޫކް ފާހަަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ، އެކަން އޮތް ހިސާބެއް މާދަމާ ސާފުކޮށްދެއްވާނެ ކަމަށެވެ.

ޖުމުލަކޮށް ބުނާނަނަމަ، ފައްސިވާ ފަރާތްތަކަށް، އެ ފަރާތްތަކުން ފައްސިވެފައި ވާކަމާއި، އައިސޮލޭޝަންގައި މަޑުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން، މިމަހުގެ 22 ވަނަ ދުވަހާ ފައްސިވި ފަރާތްތަކަށް މިރޭ ލިޔުން ލިބިގެންދާނެކަމަށް ލީގަލް ޑިޕާޓްމަންޓް އިން މައުލޫމާތު ދީފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް