މިއަދު 1559 މީހަކު ކޮވިޑަށް ފައްސިވި

މިއަދު ރާއްޖެއިން 1559 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ. އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ރާއްޖެއިން 1559 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގ...

23 May 2021 | 17:07

މިއަދު ރާއްޖެއިން 1559 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ރާއްޖެއިން 1559 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1،135 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވް ވި 401 މީހަކާއި އޮޕަރޭޝަނަލް ރިސޯޓްތަކުން ޕޮޒިޓިވް ވި 20 މީހެކެވެ. މީގެ އިތުރުން ލިވަބޯޑްސް އިން3 މީހަކު ފައްސިވެފައިވެއެވެ.

މިއަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 55،924 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 23،464 އަށް އަރާފައެވެ. ހޮސްޕިޓަލުގައި ފަރުވާދޭމީހުންގެ އަދަދު 290 އަށް އަރާފައިވާއިރު ކޮވިޑުގައި ރާއްޖެއިން 129 މީހަކު ވަނީ މިއަދާއި ހަމައަށް ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް