ޓެސްޓްކުރި މީހާގެ ގައިގަ ކަޅު ފަންގަސް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ކަޅު ފަންގަސް އިންފެކްޝަން ކަމަށް ޝައްކުކުރެވުނު މީހަކު ފެނުނު ނަމަވެސް، އެމީހާގެ ސާމްޕަލް ނެ ނަތީޖާ ލިބުނު އިރު، އެއީ ކަޅު ފަންގަސް ނޫންކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ.
މި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައި ވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިންނެވެ. އެމީހާއަކީ ކުރިން ކޯވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހެއް ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެ އެވެ. އެހެންކަމުން އެއީ ކަޅު ފަންގަސްތޯ ޔަގީންކުރުމަށް ހެދި ޓެސްޓުން ދައްކާ ގޮތުގައި އެއީ ކަޅު ފަންގަސް އެއް ނޫނެކެވެ.
ކަލޫ ފަންގަސް އެންމެ ހަލުވި ކަމާއި އެކު ފެތުރެމުން ދަނީ އަވައްޓެރި އިންޑިއާގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާއިން އެންމެ ގިނައިން މި ބަލި ފެންނަމުން ދަނީ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ސްޓޭޓުގެ ސިޓީތަކުގައި މި ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ބައެއް މިހުންގެ ލޮލުގެ ފެނުން ހުންނަނީ އެއްކޮށް ގޮސްފަ އެވެ. ނުވަތަ ބައެއް މީހުންގެ އެއް ލޯ ނަގަން ޖެހުން ފަދަ ކަންކަން ކުރަން މަޖުބޫރުވެ އެވެ.
މިއުކޯމައިކޯސިސް ނުވަތަ ލޮލުގެ ފެނުން ގެއްލޭ ބައްޔަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ.
އެކަމަކު ކޯވިޑް-19 ޖެހޭ މީހުންގެ މެދުގައި މި ބަލި އިތުރުވެފައިވަނީ އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތަކަށް ގިނަ އަދަދަކަށް ބޭސް ބޭނުން ކުރާ މީހުންނާއި ބޭސް ކޮށްފައިވާ މީހުންނަށް ވާތީ އެވެ. އަދި ހަކުރު ކޮންޓްރޯލް ނުކުރެވި ހަކުރު ލެވެލް މަތީގައި ހުރި މީހުންނަށް ވާތީ ނުވަތަ އެނޫން ވެސް ދިފާއީ ނިޒާމު ބަލި ކުރިންސުރެ ބަލިކަށިވެފައިވާ މީހުންނަށް ވާތީ ފަސޭހައިން މި ބައްޔަށް އެމީހުންގެ ހަށިގަނޑުގައި އިންފެކްޝަން ޖެއްސޭ ގޮތް މެދުވެރިވާތީ އެވެ.
މި ބައްޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށްވާ މިއުކޯމައިކޯސިސް އެވެ. މި ބަލި ޖެހޭ މީހުންގެ ލޯ އަނދިރިވުމުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ދިމާވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް