ކޮވިޑްގައި މިއަދު ނިޔާވި މީހުންގެ އަދަދު ފަހަކަށް އަރައިފި

ކޮވިޑްގައި ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. އެގޮތުން މިއަދު ފަސްވަނަ މީހަކަށް ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. އެއީ އުމުރުން64 އަހ...

23 May 2021 | 15:48

ކޮވިޑްގައި ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

އެގޮތުން މިއަދު ފަސްވަނަ މީހަކަށް ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. އެއީ އުމުރުން64 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ  128 އަށް އަރާފައެވެ.

މި މަހު އެކަނިވެސް 55 މީހަކު ކޮވިޑްގައި ނިޔާވެފައިވެއެވެ.

ކޮވިޑް-19 ޖެހިގެން މިއަދު 4 ވަނަ މީހަކަށް ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 127 ވަނަ މީހާއެވެ.

މިއަދު ނިޔާވި މީހުންގެ ތެރެއިން ތިން މީހުން ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮވިޑް-19 ޖެހިގެން މިއަދު 3 ވަނަ މީހަކަށް ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެކެެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 10:49 ގައި އެވެ.

ނިޔާވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ ހެނދުނު 8:07 ގައި އުމުރުން 66 އަހަރުގެ ދިވެހި ފިރިނހެނެކެވެ.

މިއަދު މަރުވި ދެ ވަނަ މީހާ އަކީ މިމަހުގެ ތެރޭގައި ކޯވިޑް ޖެހިގެން މަރުވި 52 ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި 125 ވަނަ މީހާ އެވެ.

އިއްޔެ ރާއްޖެއިން ކޯވިޑަށް ފަރުވާ ދެމުން ދިޔަ ތިން މީހަކު މަރުވެފައި އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެ ތިން މީހުންނަކީ އުމުރުން 59 އަހަރާއި، 39 އަހަރާއި 48 އަހަރުގެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 54،365 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 22،421 މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31،812 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް