ހައިރިސްކު މީހުން ވަޒީފާއަށް ނުކުންނަން އަންގާ ނަމަ އެކަމުގެ ޝަކުވާ މެއިލް ކުރައްވާ!

ހައިރިސްކު މީހުން ވަޒިފާއަށް އޮފީހަށް ނުކުންނަން އަންގާފައި ވާނަމަ އެކަމުގެ ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް އެދިވަޑައިގެންފި އެވެ. ކޮވިޑ...

23 May 2021 | 14:28

ހައިރިސްކު މީހުން ވަޒިފާއަށް އޮފީހަށް ނުކުންނަން އަންގާފައި ވާނަމަ އެކަމުގެ ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް އެދިވަޑައިގެންފި އެވެ.

ކޮވިޑްގައި ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ހައިރިސްކު ފަރާތްތަކުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ހުށަހަޅާފައި ވާ ކަމަށާއި އެގޮތުން ހައި ރިސްކް މީހުންވެސް އޮފީހަށް ނުކުމެ މަސައްކަތްކުރަން ބައެއް އޮފީސްތަކުން އަންގަމުން ދާތީ އެފަދަ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ދެއެވެ.

މަބްރޫކް ވިދާޅުވީ، އެފަދަ ފަރާތްތަކުން އެކަމުގެ ޝަކުވާ އީމެއިލް އިން ([email protected]) ހުށަހެޅުއްވުމަށެވެ. އެކަންތައްތައް ބަލަމުން ގެނދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިވަގުތު ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސްތަކުން ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން މުވައްޒަފުން ނުނެރުމަށާއި ގޭގައި ތިބެގެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް މަބްރޫކް އެދިލައްވާފައި ވެއެވެ.

އަދި ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ ހާލަތުގައި ވެސް ހައި ރިސްކް މުވައްޒަތެއް ކަމުގައި ވާނަމަ އެ ފަރާތްތައް ނުނެރި، ގޭގައި މަސައްކަތްކުރަން ފުރުސަތުދޭން ޖެހޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

" ހުރިހާ ކުންފުންޏަކުންވެސް އެގޮތަށް މަސައްކަތް ކުރައްވާނެކަން އަޅުގަނޑު ޔަގީންކުރަން. އަޅުގަނޑަށް އެނގޭ ވަރަށް ބައިވަރު ދަތިތައް މިކަމުގައި ދިމާވާނެ. އަދި ބައެއް ދޭން ބޭނުންވާ ޚިދުމަތްތައްވެސް ހުންނާނެ. ނަމަވެސް އެ މުވައްޒަފުންގެ ފުރާނައިގެ ރައްކާތެރިަކަމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭކަމަކަށް ވާތީ މޮގޮތަށް މިގޮތަށް އަމަލު ކުރުމަށް އެންގިފަ މިއޮތީ" މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ މި އީމެއިލް އެޑްރެހަށް އަދި ހުށަހެޅުމެއް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން މިފަދަ ކަންބޮޑުވުމެއް ހުރިނަމަ އީމެއިލް ކުރައްވަން މަބްރޫކް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް