ކުރީގެ އޮޑިޓަރ ޖެނެރަން އިސްމާއިލް ފަތުހީ އަވަހާރަވެއްޖެ

ކުރީގެ އޮޑިޓަރ ޖެނެރަން އިސްމާއިލް ފަތުހީ އަވަހާރަވެއްޖެ އެވެ. އެނިގައިފާ ގޮތުގައި ފަތުހީ ނިޔާވީ ކޮވިޑްގެ އާލާސްކަންފުޅުގައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ފަތުހީ އަހަވާރަމީ މިއަދު05:40 ހާއިރުއެ...

23 May 2021 | 13:13

ކުރީގެ އޮޑިޓަރ ޖެނެރަން އިސްމާއިލް ފަތުހީ އަވަހާރަވެއްޖެ އެވެ. އެނިގައިފާ ގޮތުގައި ފަތުހީ ނިޔާވީ ކޮވިޑްގެ އާލާސްކަންފުޅުގައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ފަތުހީ އަހަވާރަމީ މިއަދު05:40 ހާއިރުއެވެ. މިއީ މިހާތަނަށް ކޮވިޑްގައި ރާއްޖެއިން ނިޔާވި126 ވަނަ މީހާއެވެ. ފަތުހީ އަވަހާރަވި އިރު އުމުރުފުޅަކީ80 އަހަރުފުޅެވެ.

ފަތުހީ ވަނީ ދިވެހި ސަރުކާރުން ދެއްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފް 2013 ވަނަ އަހަރު ހާސިލްކުރައްވާފައެވެ. އަދި އޮޑިޓް އޮފީހުން އިންތިޒާމުކޮށްގެން ދީފައިވާ އެވޯޑެއްވެސް އެމަނިކުފާނު ހާސިލްކުރައްވާފައި ވެއެވެ. އެއީ އެކައުންޓިންގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑްއެވެ.

އިސްމާއީލް ފަތުހީ އޮޑިޓާ ޖެނަރަލްގެ ޒިންމާ އަދާކުރެއްވީ 1993 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އިސްމާއީލް ފަތުހީ އޮޑިޓް އޮފީހުގައި ހުންނެވި ދުވަސްވަރު ވަނީ އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. ފަތުހީ ވަނީ ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފަ އެވެ.

ފަތުހީ ނިޔާވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަދި ފަތުހީގެ އަނބިކަނބަލުން ވެސް ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިސްމާއިލް ފަތުހީ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބު، މޫސާ ފަތުހީގެ ކޮއްކޯފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް