ހަތަރު އަތޮޅެއްގައި ކޯވިޑް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ނިންމާފައިވަނީ ރ. ޅ. ލ އަދި ގދ އަތޮޅުގައި ކަމަށެވެ. އެ އަތޮޅުތަކުގައި މިހާރު ކޯވިޑް ޓެސްޓު ކުރެވެން ހުރީ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޅ. ނައިފަރު ގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
މަބްރޫކް ވިދާޅުވީ އެ ހޮސްޕިޓަލްތަކުގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރެވެން އޮތީ އިތުރު މެޝިންތަކާއި އިތުރު މުވައްޒަފުން ތަމްރީން ކުރެވިގެން ކަމަށެވެ. އެހެންވެ ސާމްޕަލް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވާނެ ލެބޯޓްރީ ޓެލްނޮލޮޖިސްޓުންގެ ނަންތައް ފޮނުވަން އަންގާފައިވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލައް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ މި ހަތަރު އަތޮޅުގެ ކޮންމެ ލެބޯޓްރީއެއްގައި ދުވާލަކު ކޯވިޑަށް ޓެސްޓު ކުރެވޭ ސާމްޕަލްގެ އަދަދު 300 އަށް އިތުރުވާނެ ކަމަށެވެ. އަދި މި މަސައްކަތް އެއްކޮށް ނިމެން ގާތްގަނޑަކަށް 45 ވަރަކަށް ދުވަސް ވާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރެވެނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، މާފަރު، ރ. އުނގޫފާރު، ބ. އޭދަފުށި، ދަރަވަންދޫ، ޅ. ނައިފަރު، މާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި އެވެ.
އެކަމަކު މީގެ ތެރޭގައި ގިނައީ ދުވާލަކު 300 ސާމްޕަލް ޓެސްޓު ކުރެވޭ މަދު ހޮސްޕިޓަލެވެކެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ކުރާއިރު އިރު މާލެއަށް ސާމްޕަލްތައް ޓެސްޓު ކުރަން ބައެއް އަތޮޅުތައް ހުރުމާއި ނަތީޖާ ލަސްވުމުގެ މައްސަލައިގަވެސް ރައްޔިތުންގެ ކަންބޮޑުންތައް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް