ބުދަ ދުވަހުން ފެށިގެން މާލޭގައި އިތުރު ފިޔަވަޅުތަކެއް، ލޮކްޑައުނަކަށް ނުދާނެ

އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ގުޅިގެން މާލޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އ...

23 May 2021 | 12:07

އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ގުޅިގެން މާލޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާތައް މިހާރު ކުރިޔަށް ދާ ކަމަށެވެ.

އެކަމަކު އެ ފިޔަވަޅުތައް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން އިތުރު ކުރާނީ ކާފިއު ވަގުތު ކަމަށް ބެލެވެ އެވެ. މިހާރު މާލޭގައި ކާފިއު ހިންގަމުން ދަނީ ހަވީރު4:00 ން ފަތިހު4:00 އަށެވެ.

މިހާރުވެސް މާލޭގެ އާންމު ގިނަ ކަންކަން ވަނީ ކޯވިޑާއި ގުޅިގެން މަނާކޮށްފައި އެވެ. އެގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތަކަށް ގޮސްގެން މަސައްކަތް ކުރުން، ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ހިދުމަތް ދިނުން، ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކޮށްފައިވައިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 54،365 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 22،421 މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31،812 މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 126 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް