އިހަވަންދޫ ބަނދަރު އެއްކޮށް ފުންކޮށް ނިމުމަކާ ގާތަށް!

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %98  ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. މީގެ އިތުރުން އިހަވަންދޫ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކ...

23 May 2021 | 11:41

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %98  ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މީގެ އިތުރުން އިހަވަންދޫ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް 20 މެއި 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

އެމްޓިސީސީއިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢު ނިމޭއިރު، އިހަވަންދޫ ބަނދަރުގެ 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި ނިމި އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރެވިގެން ދާނެއެވެ.

އިހަވަންދޫ ބަނދަރުގެ 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް