ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ %86 ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައި ވަނީ 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކަމަށެވެ.
އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އުނގޫފާރުގައި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.
ޕްލޭނިން މިނިސްޓްރީން މިމަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާ އަށެވެ.
މަޝްރޫ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް