އައްޑޫ ސިޓީ ލިންކްރޯޑުގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައިފިއެވެ.
އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި މެންދުރުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ކުނިގޮނޑު ސަރަހައްދުގައެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 13 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކު ތިބިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކާރުގައި ތިބި ފަރާތްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެ ފަރާތްތަކަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައިނުވާއިރު އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް