އެން.ކޭ.އެން ދިވެހިރާއްޖެއަށް ފުޅާކުރަނީ

ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ދިވެހިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން، އިންޑިއާ އިން ވަނީ އެގައުމުގެ ނެޝަނ...

23 May 2021 | 10:36

ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ދިވެހިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން، އިންޑިއާ އިން ވަނީ އެގައުމުގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެން.ކޭ.އެން) ދިވެހިރާއްޖެއަށް ފުޅާކުރުމަށް 2 މިލިއަން ޑޮލަރުގެ ގްރާންޓެއް ފޯރުކޮށްދިނުމަށް ފާސްކޮށްފައެވެ. އެން.ކޭ.އެން އަކީ އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ރިސާޗް ސެންޓަރުތައް ގުޅުވައިވޭ ހައި-ސްޕީޑް ބްރޯޑްބޭންޑް ނެޓްވޯކެކެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްއޮތް 3-4 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެކަމަށް ލަފާކުރެވެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ވިލަރެސް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ސެންޓަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިންނެވެ.

މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހާ ރިސާޗް އެންޑް ޑިވެލޮޕްމެންޓް، އަދި ރިސާޗް އެންޑް އެޑިއުކޭޝަން މުއައްސަސާތަކާއި، ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި-ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް (އެން.އާރް.އީ.އެން) ގާއިމްކުރުމަށް އެން.ކޭ.އެން އިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދިވެހިރާއްޖެއަށް ހުރި މި މަޝްރޫއުގެ ފައިދާތައް:

  1. އެން.އާރް.އީ.އެން އަށް އިންޑިއާގެ އެން.ކޭ.އެން ގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ؛ އަދި މި އެއްބާރުލުމާއި އެހީގެ ސަބަބުން ދިވެހިރާއްޖޭގައި އަމިއްލްގޮތުން ދެމެހެއްޓެނިވި ސިފައެއްގައި ހައި-ސްޕީޑް ރިސާޗް އެންޑް އެޑީއުކޭޝަން (އާރް & އީ) ނެޓްވޯކެއް ގާއިމްކުރެވިގެންދާނެއެވެ.
  2. ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޕްލެޓްފޯމް؛ މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ކުރެވޭ ބައިނަލްއަގްވާމީ ދިރާސާތަކުގައި ހިއްސާވެ ކޮލެބޮރޭޓް ކުރުމަށް، ބައިނަލްއަގްވާމީ ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.
  3. އާރް.އީ.އެން ނެޓްވޯކް ވަސީލަތްތަކަށް އެކްސެސް ލިބިގެންދާނެއެވެ؛ އެން.ކޭ.އެން ގެ ޕަބްލިކް ޕޯޓަލް ތަކާއި، ޕަބްލިކް ފޭސިން ސައިޓް ތަކާއި، ޑާޓާ ސެންޓަރު ތަކަށް އެކްސެސް ލިބުމުގެ އިތުރުން ޕަބްލިކް އައި.ޕީ ގައި ކޮލެބޮރޭޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  4. އެން.ކޭ.އެން ސާވިސަސް ދިވެހިރާއްޖެއަށް ލިބެންފެށުމާއިއެކު ރާއްޖެ ބައިނަލްއަގްވާމީ 'އެކެޑެމިކް އިންޓަނެޓް' އާއި ގުޅިގެންދާނެއެވެ؛ މިގޮތުން މި ވިއުގާއާއި ގުޅާލެވޭ ދިވެހި މުއައްސަސާތަކަށް އެން.ކޭ.އެން އާއި ގޫގުލް، އަކަމާއި، އަދި މައިކްރޮސޮފްޓް ފަދަ ބައިނަލްއަގްވާމީ ކޮންޓެންޓް ޕްރޮވައިޑަރުންގެ މެދުގައިވާ ގުޅުމުގެ ފައިދާ ލިބިގެންދާނެއެވެ.
  5. ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނަށް އެން.ކޭ.އެންގެ ވިއުގާ މެދުވެރިކޮށް ޔޫރަޕް، އެމެރިކާ، ނޯޑިކް ގައުމުތައް، އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނާއި ގުޅާލެވޭނެއެވެ.
  6. ދިވެހިރާއްޖޭގެ އީ-އިންފްރާސްޓްރަކްޗާ ބޫސްޓްކޮށް، ދިވެހި ސަރުކާރުގެ އީ-ގަވަނެންސް އިނީޝިއޭޓިވްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ؛ އެން.ކޭ.އެން ދިވެހިރާއްޖެއަށް ފުޅާކުރުން ވެގެންދާނެކަމަށް ބެލެވެނީ ދަނޑުވެރިކަމާއި، އީ-ހެލްތު، އީ-އެޑިއުކޭޝަން، ސްޕޭސް، އަދި ރިސާޗް ފަދަ ދާއިރާތަށް އިތުރަށް ކުރިއަރާ ތަރައްގީވުމަށް މެދުވެރިވާ ކެޓެލިސްޓެއް ކަމުގައެވެ. އަދި ދިވެހި ސަރުކާރުގެ ޑިޖިޓަލް ގަވަމެންޓް އިނީޝިއޭޓިވްތަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން އެން.ކޭ.އެންގެ ހައި-ސްޕީޑް އަދި ވަރުގަދަ ވިއުގައިގެ ސަބަބުން، ދަނޑުވެރިކަމާރި، ތައުލީމާއި، ބިމާއި ފެނުގެ ވަސީލަތްތައް ދެމެހެއްޓުމާއި، އިޖްތިމާއީ ރައްކާތެރިކަމާއި، ޑިޒާސްޓާ މެނޭޖްމެންޓާއި، ތިމާވެއްޓަށް އަން ބަދަލުތަކާއި، އަދި ލޯ އިންފޯސްމެންޓް އާއި ލޯކަލް ގަވަމެންޓްގެ ދާއިރާއިން ހެޔޮ އަގުގައި އަދި ދެފުފެންނަ އާންމު ހިދުމަތްތަށް ފޯރުކޮށްދިނުމަށް އައި.ސީ.ޓީގެ ބޭނުން ދިވެހިރާއްޖެއަށް ކުރެވޭނެއެވެ.
  7. ދެމެހެއްޓެނިވި އިޖްތިމާއި އަދި އިގްތިސާދީ ކުރިއެރުން؛ އެން.ކޭ.އެން ގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހި ވެގެންދާނެއެވެ. އެގޮތުން އެން.ކޭ.އެން ގެ ހައި-ސްޕީޑް ކަނެކްޓިވިޓީ ދިވެހިރާއްޖެއަށް ފުޅާކުރެވުމުގެ ސަބަބުން އައި.ސީ.ޓީ މޭންޕަވާ އިތުރުކުރެވި، އާންމު ދިރިއުޅުމާއި ގުޅުންހުރި އައި.ސީ.ޓީ އެޕްލިކޭޝަންތަކާއި ޚިދުމަތްތައް ތަރައްގީކުރެވި، އި.ސީ.ޓީ އަށް އޮތް ޑިމާންޑާއި ބަލައިގަންނަ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
  8. ދިރާސީ އަދި ތައުލީމީ ވަސީލަތްތައް މަރުކަޒުކުރެވި ހޮސްޓް ކުރެވުން؛ އެން.ކޭ.އެންގެ ލިންކުތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ޒަރޫރީ އަދި އިތުބާރުކުރެވޭ އެޕްލިކޭޝަންތަކުގެ ސެންޓްރަލައިޒްޑް ހޯސްޓިން މަގުފަހުކުރެވޭނެއެވެ. އަދި ހުރިހާ ދިރާސީ އަދި ތައުލީމީ މުއައްސަސާތަކަށް އެން.ކޭ.އެންގެ ހައި-ސްޕީޑް ވިއުގައިގެ ހައިވޭ މެދުވެރިކޮށް، މި އެޕްލިކޭޝަންތަކަށް ވާސިލްވެ، ބޭނުން ހިފޭނެއެވެ.
  9. ދިރާސާކުރާ ފަރާތްތަކާއި ތައުލީމީ ފަރާތްތަކަށް ގްރިޑް ކޮމްޕިއުޓީން އެކްސެސް ލިއްބިއިދިނުން؛ ޕްރޮޓީން ފޯލްޑިން، ބިންހެލުންތަކުގެ ސިމިއުލޭޝަން، އީ-ގަވަނެންސް، ކްލައިމެޓް އަދި މޫސުން މޮޑެލިން ފަދަ، ގައުމަކަށް ދިމާވާ 'ގްރޭންޑް ޗެލެންޖް' މައްސަލަތަކަށް ގްރިޑް ކޮމްޕިއުޓިންގެ ސަބަބުން ހައްލު ލިބިގެންދެއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް އެންމެ އެކަށޭނެގޮތައް ބޭނުން ކުރުމަށް ގްރިޑްތައް މަގުފަހިކޮށްދެއެވެ.
  10. ޑިސްޓެންސް އެޑިއުކޭޝަން ފުރުސަތުތަކުގެ ފެންވަރު ރަގަޅުކުރުން؛ އެން.ކޭ.އެން އާދި ދިވެހިރާއްޖޭގެ ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ދިރާސީ އަދި ތައުލީމީ ކޮމިއުނިޓީއަށް ފޯރުކޮށްދެވޭ ޑިސްޓެންސް އެޑިއުކޭޝަން ފުރުސަތުތަކުގެ ފެންވަރު އިތުރަށް ރަގަޅުކުރެވި، ޑިސްޓެންސް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް އެކަށީގެންވާ ޕްލެޓްފޯމްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
  11. އަގުހެޔޮ، އަދި ވަގުތު ސަލާމަތްކުރުވަނިވި އީ-ލާނިން ފުރުސަތުތަށް މަގުފަހިކުރެވުން؛ އެން.ކޭ.އެން އެހެން ކޮމާޝަލް އިންޓަނެޓުތަކާއި ހިލާފު ވެގެންދަނީ މި ވިއުގައިގެ ޕަފޯމެންސްގެ ފެންވަރުގެ ސަބަބުންނެވެ. އަދި އެން.ކޭ.އެންގެ ސަބަބުން ދަރިވަރުންނަށާއި އެކެޑެމިކް މުވައްޒަފުންނަށް އަގުހެޔޮ، އަދި ވަގުތު ސަލާމަތްކުރުވަނިވި އީ-ލާނިން ފުރުސަތުތަށް ހުޅުވިގެންދިއުމުގެ ސަބަބުން، އިސްވެދެންނެވުނު ޕަފޯމެންސެއްގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ސައިންސްވެރިންނަކަށް ނޫނެވެ. އެން.ކޭ.އެން އާދި ދިވެހިރާއްޖޭގެ ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ތައުލީމީ ފެންވަރު ވަރަށްބޮޑަށް ރަގަޅުވެގެންދާނެއެވެ.
  12. ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ތައުލީމީ މުއައްސަސާތަކުގެ މެދުގައިހުރި ފަރަގު ކުޑަކުރުމަށް މަގުފަހިކުރެވުން؛ އެން.ކޭ.އެން މެދުވެރިކޮށް ދިވެހިރާއްޖެ ބައިނަލްއަގްވާމީ އެކެޑެމިކް އިންޓަނެޓާއި، އާރް & އީ ކޮމިއުނިޓީއާއި ގުޅިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ އާރް & އީ ކޮމިއުނިޓީ ބައިނަލްއަގްވާމީ ދިރާސީ އަދި ތައުލީމީ ވިއުގަތަކުގައި ބައިވެރިވެ ކޮލެބޮރޭޓްވުމަށް ލިބޭ ފުރުސަތުގެ ސަބަބުން ޑޭޓާ އާއި މައުލޫމާތާއި، ލެކްޗާތަކާއި، ދިރާސީ ކަރުދާސްތަކާއި އެކި ސެޕްޝަލިސްޓުން ފަދަ އެތައް ވަސީލަތްތަކެއް ދިވެހިރާއްޖެއަށް ހުޅުވިގެންދާނެއެވެ.

އިންޑިއާގެ ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކްގެ ނެޝަނަލް ނޮލެޖް ނެޓްވޯކް ވުޖޫދަށް އައިސްފައިވަނީ 2010 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާގެ އީ-އިންފްރާސްޓްރަކްޗާގެ މުހިންމު އެއް ތަނބެވެ. އަދި މުޅި އިންޑިއާގެ ސައިންޓިފިކް އެކްސެލެންސް، ރިސާޗް، އެޑިއުކޭޝަން އަދި އިނޮވޭޝަން ފޯރުކޮށްދޭ މައި ވިއުގައެވެ.

އިންޑީއާގެ އީ-ގަވަނެންސްގެ މައިބަދަ ކަމުގައުވާ އެން.ކޭ.އެން އަކީ ބައިނަލްއަގްވާމީ މަސްރަހުގައި އާރް&އީ، އިންޓަނެޓް، އަދި އީ-ގަވަނެންސް ޓްރެފިކް ފަދަ ތިން އިންޑިޕެންޑެންޓް ވާޓިކަލްތައް އެއް ކުޑައެއްގެ ދަށުގައި ހިމެނޭ ހަމައެކަނި ވިއުގައެވެ. އީ-ގަވަނެންސް، ޑިޖިޓަލް އެޑިއުކޭޝަން، ސެކިއުރިޓީ، ސްޕޭސް، ވެދާ، އީ-ހެލްތު ފަދަ އެތައް ދާއިރާއަކުން އިންޑިއާ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުމާއި ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އިތުރުން ޑިޖިޓަލް އިންޑިއާގެ ސިޔާސަތު ތަންފީޒު ކުރުމަށް އެހީތެރިވަމުންދާ އެން.ކޭ.އެންގެ ޑިޒައިން ފިލޯސޮފީ އަކީ ވިއުގައިގެ އެންމެހާ ބޭނުންތެރިން 'އެންކަރޭޖް' ކޮށް، 'އެންރިޗް' ކޮށް، 'އެމްޕަވާ' ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް