ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދީފި

ރާއްޖޭގައި މަސައްކަތް ކުރަން އަލަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވުމުގައި މިހާރު ދިމާވަމުންދާ މައްސަލަ އިކޮނޮމިކް މިނިސްޓްރީން ހައްލު ކޮށްދީފި އެވެ. އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފ...

23 May 2021 | 10:30

ރާއްޖޭގައި މަސައްކަތް ކުރަން އަލަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވުމުގައި މިހާރު ދިމާވަމުންދާ މައްސަލަ އިކޮނޮމިކް މިނިސްޓްރީން ހައްލު ކޮށްދީފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ހާލަތުގައި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ދަތިތަކާ ގުޅިގެން، ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް، ރާއްޖެ އެތެރެވުމަށް ދޫކުރާ ހުއްދައިގެ ދަށުން 90 ދުވަހުގެ ތެރޭގައި އެތެރެވާން ޖެހޭނެ ކަމަށެވެ. އެކަމަކު މިހާރުގެ ހާލަތުގައި ރާއްޖެ އެތެރުވުމުގައި ދަތިތަކާއި ކުރިމަތިވަމުންނެވެ.

އެހެންވެ އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ސްޕެޝަލް އެކްސްޓެންޝަންގެ ޚިދުމަތް، ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭރުން އެ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް އެންޓްރީ ޕާސްގައި ނާދެވޭ ފަރާތްތަކުން ވަރކް ޕަރމިޓް އެންޓްރީ ޕާސް އެކްސްޓެންޝަނަށް އެދި އީމެއިލް ކުރުމުން ހުއްދަ އިތުރު ކުރެވޭނެ ކަމަށް ބުނެ އެވެ.

އޭމެއިލް ކުރަން ޖެހެނީ [email protected] އަށް ބިދޭސީ މީހާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޙުގެ 48 ގަޑިއިރު ކުރިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް