އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ސްޓޭޓް މިނިސްޓަރަކު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފު ޢައްޔަން ކުރައްވައިފިއެވެ....

23 May 2021 | 10:23

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިނގް ވިތް މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން މުޙައްމަދު ޝަރީފު އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ. އަދި މުހައްމަދު ސަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްޞީލުކުރައްވަމުންދާ ބޭފުޅެކެވެ.

މީގެ އިތުރުން މުޙައްމަދު ޝަރީފަކީ ވަރަށް ގިނަ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އެން.ސީ.އައި.ޓީގެ ޗީފް އިންފޮމޭޝަން އޮފިސަރގެ މަޤާމާއި ސައިރެކްސް ކޮލެޖުގެ ރެކްޓަރ ގެ މަޤާމުފަދަ މަޤާމުތައް ޝަރީފު ވަނީ ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް