ބޮޑުފޮޅުދޫ ކައުންސިލްގެ ފުރަތަމަ ރަސްމީ 100 ދުވަސް އިފްތިތާހްކޮށްފި

"އާ އަޒުމެއްގައި –- ބޮޑުފޮޅުދޫ" މި ޝިއާރާއިއެކު އއ. ބޮޑުފޮޅުދޫ 4 ވަނަ ކައުންސިލްގެ ފުރުތަމަ، ރަސްމީ 100 ދުވަސް އިފްތިތާހު ކުރަމަށް ރަސްމިއްޔާތެއް ރޭ ބާއްވާފައިފިއެވެ. މިރަސްމިއްޔާތުގައި ކައުންސިލްގެ ސ...

23 May 2021 | 10:11

"އާ އަޒުމެއްގައި –- ބޮޑުފޮޅުދޫ" މި ޝިއާރާއިއެކު އއ. ބޮޑުފޮޅުދޫ 4 ވަނަ ކައުންސިލްގެ ފުރުތަމަ، ރަސްމީ 100 ދުވަސް އިފްތިތާހު ކުރަމަށް ރަސްމިއްޔާތެއް ރޭ ބާއްވާފައިފިއެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ސިޔާސަތުތައް ބަހާލެވިފައިވާ މައިގަނޑު 7 ބައި ވަނީ ރައްޔިތުންނާއި ހިއްސާކުރެވިފައެވެ. އެބައިތަކަކީ، އަހުވަންތަ ވެރިން، ރަށްވެހި މުވައްޒަފުން، ތަރުބަވީ މުޖުތަމަޢެއް، ހުޅުދާން ޖީލެއް، ހަށިހެޔޮ ރައްޔިތެއް، ހިތްގައިމް ވެއްޓެއް އަދި ފުދުއްތެރި ޖަމާއަތެއް މިއެވެ،

ރަސްމިއްޔާތުގައި މިއިން ކޮންމެ ބައެއްގެ ދަށުން، ފުރަތަމަ، ރަސްމީ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަނީ ރައްޔިތުންނާއި ހިއްސާ ކުރެވިފައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި، ކައުންސިލްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ތީމް ލަވައެއްގައި ގޮތުގައި ބޭނުން ކުރާނެ ލަވަ ވަނީ އިފްތިތާހު ކުރެވިފައެވެ.

މިރަސްމިއްޔާތުގައި، އެންމެ ހާއްސަ ކަމަކަށް ފާހަގަކުރެވުނީ ކައުންސިލްގެ ފުރަތަމަ 100 ދުވަހުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެންމެ ތަފާތު އެއްކަމެއް ކަމުގައިވާ އަވަށުވެރިން ކަނޑައެޅުމާއި އަވަށުވެރިންނާއި ޒިންމާތައް ހަވާލުކުރުމެވެ.

ބޮޑުފޮޅުދޫގެ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވިގޮތުގައި، އަވަށްތަކަށް ހާއްސަ ނަންތަކެއް ދެވި، ކައުންސިލް މެމްބަރުން އަވަށުވެރިންގެ ގޮތުގައި ކަނޑައެޅުމަކީ އަލަށް ތަޢާރަފު ކުރެވިގެންދިޔަ، ރައްޔިތުންނަށް ފައިދާކުރުވަނިވި ކަމެއްކަމަށް ވެގެންދާނެއެވެ. އެގޮތުން އަވަށުވެރިން ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރަށުގެ ރައްޔިތުންގެ އަޑުގާތުން އަހައި، ކައުންސިލް މެމްބަރުންނަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދޭ ބަޔަކަށްވުމެވެ.

ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ބޮޑުފޮޅުދޫ ރައްޔިތުންނަކީ ކައުންސިލަށް ފުރިހަމަޔަށް އެއްބާރުލުންދޭ، ކައުންސިލާއެކު މަސައްކަތްކުރާ އަހްވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށްވުމާއެކު، އާ އަޒުމެއްގައި ކުރިޔަށް ގޮސް، ކައުންސިލްގެ އަމާޒަށް ވާސިލްވެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް