މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ޒުވާނަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނީ، އެފަދަ މައްސަލައަކާ ގުޅިގެން ހާޒިރު ކުރުމަށް ބޭނުންވަ...

23 May 2021 | 09:50

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ، އެފަދަ މައްސަލައަކާ ގުޅިގެން ހާޒިރު ކުރުމަށް ބޭނުންވަނީ ކ. ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާޢު (24އ) ކަމަށެވެ. އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން މިވަނީ އާންމުކޮށް އިއުލާނު ކޮށްފައެވެ.

ފުލުހުން ވަނީ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 މެއި 29 ވަނަ ދުވަހުގެ 10:00 އަށް ހާޒިރު ވުމަށް އޭނާއަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް