ދަށު ކޯޓުގެ ނިންމުން ހައިކޯޓުން ބާތިލް ކޮށްފި، ގައްދޫ ކައުންސިލް ރައީސް އަނެއްކާވެސް ބަންދަށް

ގައްދޫ ކައުންސިލަށް އަލަށް ހޮވުނު އިދިކޮޅު ޕީޕީއެމްގެ ރައީސް އެ ރަށު ވިންސެންޓު މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކ...

23 May 2021 | 09:37

ގައްދޫ ކައުންސިލަށް އަލަށް ހޮވުނު އިދިކޮޅު ޕީޕީއެމްގެ ރައީސް އެ ރަށު ވިންސެންޓު މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގެ ދައުވާ ލިބޭ މުހައްމަދު ދޫކޮށްލަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކި ހުކުމް ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އޭރު އޭނާ އެ މައްސަލައިގަ ޖަލުގައި ހުންނަވާތާ ފަސް މަހެއްހާ ދުވަސް ވެއްޖެ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ނިންމާފައިވަނީ މުހައްމަދު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލު ކުރާށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ކޯޓުގެ މި ހުކުމާއި އެކު ޝަރީއަތް ނިމެންދެން މުހައްމަދު ބަންދުކުރަން ދަށު ކޯޓުން ކުރި ހުކުމް ދެމި އޮންނާނެ ކަމަށެވެ. އަދި އޭނާ އަލުން ބަންދަށް ބަދަލު ކުރެވޭނެ ކަމަށެވެ.

މީގެކުރިން ޝަފީއު ވިދާޅުވެފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭނާއާއި ދެކޮޅަށް ޖިންސީ ގޯނާގެ ދެ ދައުވާއެއް އުފުލީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ތުހުމަތުގައި އެވެ. މިފަދަ ތުހުމަތެއްގައި ޖަލުގައި ހުރި ނަމަވެސް ކުށް ސާބިތުނުވާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް