މަޖިލީހުގެ އިދާރީ މުވައްޒަފުން އިދާރާގައި މަސައްކަތް ކުރަންޖެހޭތީ ރީކޯގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ...

23 May 2021 | 09:13

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލިހުގެ ނައިބު ރައީސްކަންވެސް ކުރެއްވި، ރީކޯ ވިދާޅުވީ، ސަރުކާރު މުވައްޒަފުން ގޭގަތިބެގެން މަސައްކަތްކުރައްވާއިރު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިދާރީ މުވައްޒަފުން ކޮންމެ ދުވަހަކު އޮފީހަށް ނެރެގެން މަސައްކަތް ކުރުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އަދި އެޗްޕީއޭގެ އެންގުމަށް އިހުތިރާމްކުރުމަށް ވެރިންނަށް ގޮވާލައްވައި ރީކޯ ވަނީ މުވައްޒަފުންގެ ސަލާމަތަށް ވިސްނުމަށް އެ ވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް 19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދިއުމާއި ގުޅިގެން އަނެއްކާވެސް ސަރުކާރު އޮފީސްތަކާއި،  ސުކޫލްތައް ބަންދުކުރަން ވަނީ ނިންމާފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ބައްޔަށް ފައްސިވަމުންދާ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ސިއްހީ މާހިރުން އަލުން ފުރަބަންދުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގޮވާލަމުން ދާއިރު، ސަރުކާރުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް