ސޯޝަލް ސެންޓަރު ކޯވިޑް-19 އަށް ޓެސްޓު ކުރަން ސާމްލަން ނަގާ ސެންޓަރަކަށް ބަދަލުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެން ސޯޝަލް ސެންޓަރު ބޭނުން ކުރަމުން އައީ މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭ މައި މަރުކަޒުގެ ގޮތުގައި އެވެ. އެތަނުން ދެމުން ދިޔަ ވެކްސިން ޖަހައި ދިނުމުގެ ހިދުމަތް ހުއްޓާލީ ކޮވިޝީލްޑް ވެކްސިން ޖެހުން އާންމުކޮށް ހުއްޓާލުމުންނެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިއަދުން ފެށިގެން އެ ތަން ބޭނުން ކުރަމުން ދާނީ ސާމްޕަލް ނަގާ ތަނެއްގެ ގޮތުގައި ކަމަށެވެ. ސޯޝަލް ސެންޓަރުގައި ކޯވިޑަށް ސާމްޕަކް ނަގާނީ މެންދުރު 1:00 ން މެންދުރު ފަހު 3:30 އަށެވެ.
އެ ސެންޓަރަށް ވަންނާނީ ގޭޓުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓިފައިވާއިރު މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ކޯވިޑަށް ޓެސްޓު ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ގިނަވެފަ އެވެ. އަދި ނަގާ ސާމްޕަލްތައް ކޮންމެ ދުވަހަކު ޓެސްޓުކޮށް ނިންމައި ބެކްލޮގް ފިލުވުމަށް ހަފްތާއެއް ދުވަސް ނަގާފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 54،365 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 22،421 މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31،812 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް