ފޭސްބުކުން ބްލޮކް ކުރިޔަސް، އަހަރެމެންގެ ހިތްތަކުން ފަލަސްތީން ބްލޮކް ނުކުރެވޭނެ!

ފަލަސްޠީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ރާއްޖޭގައި އެކި ހަރަކާތްތައް ހިންގުމަށް އުފެއްދި "މޯލްޑިވްސް ވިތު ފަލަސްޠީން" ފޭސްބޫކް ގުރޫޕް ފޭސްބޫކުން ޕާރމިނެންޓްކޮށް ބްލޮކްކޮށްފިއެވެ.ބައި ...

23 May 2021 | 08:49

ފަލަސްޠީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ރާއްޖޭގައި އެކި ހަރަކާތްތައް ހިންގުމަށް އުފެއްދި "މޯލްޑިވްސް ވިތު ފަލަސްޠީން" ފޭސްބޫކް ގުރޫޕް ފޭސްބޫކުން ޕާރމިނެންޓްކޮށް ބްލޮކްކޮށްފިއެވެ.ބައި ލައްކައާ ގާތްކުރާ އަދަދަކަށް މެންބަރުން ހިިމެނޭ މި ގްރޫޕް މިއަދުގެ ވަގުތެއްގައި ވުޖޫހުން ފުހެލައިފަި ވާއިރު، މި ގުރޫޕްގެ މެންބަރުން ދިޔައީ މި ފެށުން ހަފްތާގެ އަންގާރަ ދުވަހު ފަލަސްޠީނާއި އެކު ތިބިކަން ހާމަ ކުރުމަށް ޚާއްސަ ހަރަކާތެއްވެސް ރާވަމުންނެވެ.

ފަލަސްޠީނާއި އިސްރާޢީލްގެ މައްސަލާގައި ފަލަސްޠީނާއި އެއްކޮޅަށް އެކި ކަހަލަ ހަރަކާތްތަކާއި ކެމްޕޭންތައް ހިންގާ އެކައުންޓްތަކާއި ޕޭޖްތައް އަދި ފޭސްބޫކް ގުރޫޕްތައްވެސް ފަހަކަށް އައިސް ފޭސްބޫކުންނާއި ޢެގެ ދަށުން ހިންގާ އިންސްޓަރގްރާމުން އަންނަނީ ފޮހެލަމުންނެވެ.

ހަމަ އެގޮތަށް ޓްވިޓަރ އިން ވެސް އިސްރާޢީލާއި ދެކޮޅަށް ލިޔާ އެކައުންޓްތައް ބްލޮކް ކުރަން ވަނީ ފަށާފައެވެ.

އެހެން ނަމަވެސް، އާންމުންގެ ތެރޭން ގިނަ ބަޔަކު އަދި ވެސް އުންމީދު އެލުވައެއް ނުލައެވެ. އިސްރާއިލްއާ ދެކޮޅަށް ދިވެހިންގެ އަޑު ނުކެނޑުވޭނެ ކަމަށާއި ފޭސްބުކުން ބްލޮކް ކުރިޔަސް، އަހަރެމެންގެ ހިތްތަކުން ފަލަސްތީން ބްލޮކް ނުކުރެވޭނެ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް