ބުދައިގެ ނިޔަލަށް މޫސުން ގޯސް، ހުޅަނގު މޫސުމުގެ ވިއްސާރައާ، ކޮޅިގަނޑު ދުރުގައި އެބައުޅޭ

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާ ކަމަށެވެ....

23 May 2021 | 08:44

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާ ކަމަށެވެ. ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނެއްގައި އެވެ. ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާޜު މިނުގައި ވައިޖެހޭނެ އެވެ.

މެޓް އޮފީހުން ބުނީ މިިހާރު ކުރަން ފަށާފައިވާ ހުޅަނގު މޫސުގެ ވިއްސާރައިގަ ބައެއް ރަށްތަކަށް ވާރޭވެހި އުދަ އެރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އާއި ދުރުން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ކޮޅިގަނޑު ޖެހެމުންދާނީ އުތުރު ހުޅަނދު އުތުރަށް ރާއްޖެ އާއި ދުރަށެވެ.

މެޓް އޮފީހުން ވަނީ ރާއްޖެއާ ދުރަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގުޅިގެން ވައިގަދަވެ ކަނޑޫގަދަވާނެތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރު ކުރުމުގަ އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަވެ އެވެ.

މިދިޔަ ހަފްތާގައި އަރަބި ކަނޑުގައި އުފެދުނު ތޫފާނުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އަދި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރަށްތަކަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް