މާލެ އައިފަހުން ގެއްލުނު މިސްބާހު ރާއްޖެއަކުވެސް ނެތް!

މާލެ އައިފަހުން ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، އުމުރުން 25 އަހަރުގެ މިސްބާހު މުހައްމަދު ރާއްޖޭގައި ނެތްކަން އެނގިއްޖެ އެވެ. އޭނާ ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަ...

23 May 2021 | 07:16

މާލެ އައިފަހުން ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، އުމުރުން 25 އަހަރުގެ މިސްބާހު މުހައްމަދު ރާއްޖޭގައި ނެތްކަން އެނގިއްޖެ އެވެ.

އޭނާ ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުން އެ ދުވަހު ބުނެފައިވަނީ އޭނާ ގެއްލިގެން އާއިލާއިން މިދިޔަ މަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މީޑިއާގައި ބުނީ އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާ ރާއްޖޭގައި ނެތް ކަމަށެވެ. އެގޮތުން މިސްބާހު ރާއްޖެއިން ބޭރަށް ފުރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

އޭނާ ރާއްޖެއިން ފުރާފައިވަނީ ދުބާއީ އަށެވެ. އޭގެ ފަހުން އޭނާ އެހެން ގައުމަކަށް ދަތުރުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްބާހު އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް