ބޮލީވުޑް އަދި ހޮލީވުޑްގައި ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންދާ ބާބިލް ވަނީ މިދިޔަ އަހަރު ފަހުކޮޅު އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފަ އެވެ. އޭނާ ބޮލީވުޑަށް ނުކުންނަން ނިންމީ ބައްޕަ ދުނިޔޭގައި ހުރިއިރު އެގޮތަށް ދުރާލާ ނިންމައި ފިލްމީ ދާއިރާއިން ކިޔަވައިގެންނެވެ.
އިރުފާން މަރުވީ މިދިޔަ އަހަރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ބައްޕަ މަރުވި ފަހުން ބާބިލް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާއިރު ސަޕޯޓަރުން ކުރާ ސުވާލުތަކަށް ކޮންމެސް ސިފައެއްގައި ޖަވާބު ދިނުމަކީ އޭނާ ކުރާ ކަމެކެވެ. މި ފަހަރު އޭނާ އިންސްޓަގްރާމަށް ލީ ފޮޓޯއަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި އަހާފައިވަނީ އޭނާ ހުރީ ހުސްހަށިބައިކޮށްތޯ އެވެ.
ސުވާލުގެ ޖަވާބުގައި ބާބިލް ބުނެފައިވަނީ ކޮންކްރިޓް ޖަންގައްޔެއްގައި ހުރި ގަހެއްހާ އޭނާ ހުސް ކަމަށެވެ. އެ ސުވާލު އަމާޒު ކުރި ފޮޓޯގައި އިނީ ބާބިލްގެ ކުޑައިރުގެ ފޮޓޯއެކެވެ.
https://www.instagram.com/p/CPIM44qLL_3/?utm_source=ig_embed&ig_rid=f30cbff9-887f-4583-90bc-f2cd6889b3fc
އެ ފޮޓޯގައި ކެމެރާއެއް ކޮނޑުގައި އަޅުވައިގެން އެއަށް ވަރަށް ޝައުގުވެރިކަމާއި އެކު ބަލަން އިން އިރު އޭނާއަށް އަދި އަހަރެއް ވާނެހެންނެތް ހިއެއް ނުވެ އެވެ. އެ ފޮޓޯ އާއި ގުޅޭގޮތުން ބާބިލްް ބުނެފައިވަނީ 1998 ވަނަ އަހަރުން ފެށިގެން ކުރިއަށް ވާން އޮތް ގޮތް ނިމިފައިވަނީ ފޮޓޯއިން ފެންނަގޮތަށް ކަމަށެވެ.
ބެލެވޭ ގޮތުގައި އުމުރުން އަހަރެއް ނުވަނީސް ކެމެރާއެއް ހިފައިގެން ވަރަށް ޝައުގުވެރިކަމާއި އެކު ބަލަން އިނުން އޭނާ ސިފަ ކުރަނީ ވިހޭންސުރެ އޭނާގެ ތަގުދީރު ލިޔެވިފައިވަނީ ފިލްމީދާއިރާގައި މަސައްކަތް ކުރުން ކަމަށެވެ.
ބާބިލް ފުރަތަމަ ބޮލީވުޑުން ފެނިގެންދާނީ އަނުޝްކާ ޝަރްމާގެ ކްލީން ސްލޭޓްސް ފިލްމްޒް އިން ޕްރޮޑިއުސް ކުރާ ފިލްމު "ގާލާ" އިންނެވެ. އަންވިތާ ބަޓް ޑައިރެކްޓު ކުރާ މި ފިލްމުގައި ބާބިލް އާއި އެކު ލީޑްރޯލުން ފެނިގެން ދާނީ ޓްރިޕްތީ ދިމްރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް