މަސްޖިދުލް ޙަރާމްގެ އިމާމެއް މިންބަރުގައި ހުންނަވަނިކޮށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްޖިދުލް ޙަރާމްގައި ހުކުރު ދުވަހު ޚުތުބާ ދެއްވަނިކޮށް އިމާމް އައް ޝެއިޚް ބަންދަރް އަލް ބަލީލާއަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ. ހަމަލާ ދޭން މި މީހާ އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް...

23 May 2021 | 04:40

މަސްޖިދުލް ޙަރާމްގައި ހުކުރު ދުވަހު ޚުތުބާ ދެއްވަނިކޮށް އިމާމް އައް ޝެއިޚް ބަންދަރް އަލް ބަލީލާއަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ހަމަލާ ދޭން މި މީހާ އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދައުރު ވަމުން ދާއިރު، މަސްޖިދުލް ޙަރާމްގެ ސެކިއުރިޓީ ގާޑުން އޭނާ ހުއްޓުވާ، ކަމާއި ބެހޭ އިދާރާގެ އޮފިޝަލުންނާއި ހަވާލު ކުރާ މަންޒަރު ފެނެއެވެ. މި ކަމާއި ގުޅިގެން،ޢަރަބި ނޫހަށް މައުލޫމާތު ދެއްވަމުން، ސައޫދީ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އެ މީހާގެ މައްޗަށް ސައޫދީ ޢަރައްބިއްޔާގެ ޤާނޫނީ އިމުގެ ތެރެއިން އަމަލު ކުރެވިގެން ދާނެ ކަމަށެވެ.

ޙަރަމުއް ޝަރީފްގެ ރަސްމީ ޓްވިޓަރ އެކައުންޓު ކަމަށްވާ ޙަރަމައިން ޝަރީފައިނިން ވަނީ މި ހާދިސާ ހިނގިކަން ޓްވީޓެއް މެދުވެރިކޮށް ކަށަވަރު ކޮށްދީފައެވެ. މި ޓްވީޓްގައި ވަނީ، ޝެއިޚް ބަލީލާ ޚުތުބާ ވިދާޅުވަނިކޮށް، އިޙްރާމްގައި ހުރި މީހަކު މަސްޖިދުލް ޙަރާމްގެ މިންބަރަށް އެރުމަށް މަސައްކަތް ކުރި ކަމަށާއި، ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ އެމީހާ ވަގުތުން ހުއްޓުވާފައި ކަމަށެވެ. އަދި މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް މި ޓްވީޓުގައި ވެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިޙްރާމް ބަނދެގެން ހުރެ، އިމާމާއި ދިމާއަށް މިސްރާބު ހުރި އިރު،އޭނާގެ އަތުގައި ހަތިޔާރެއްވެސް އޮތެވެ.އެއީ ކޮން ބާވަތެއްގެ ހަތިޔާރެެެއްކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްދެއްވާފައި ނުވި ނަމަވެސް، މަންޒަރުތަކުން ފެންނަ ގޮތުގައި އެއީ ވަޅިއެއް ނުވަތަ ލަޓިބުރިއެއް ކަމަށް ބެލެވެއެވެ.

https://twitter.com/hsharifain/status/1395775145130790922

މީގެ ކުރިންވެސް މިސްޖިދުލް ޙަރާމްގައި ހަތިޔާރާއިއެކު، އެކި ފަހަރު މަތިން އެކި މީހުން ހަމަލާ ދޭން މަސައްކަތް ކޮށްފައި ވެއެވެ.އެގޮތުން، މިދިޔަ މަހުވެސް ވަޅިއެއް ހިފައިގެން ހުރި މީހަކު ވަނީ މަސްޖިދުލް ޙަރާމްގެ ތެރެއިން ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ.އަދި އޭނާ އެ ވަގުތު ދިޔައީ ނިރުބަވެރި ޝިޢާރުތައް އަޑުލާފައި ކިޔަމުންކަންވެސް ފާހަގަ ކުރެވެއެވެ.

ފާއިތުވި އަހަރުތަކުގައި މިފަދަ ހާދިސާތައް ގިނަވަމުން ދިއުމާއިއެކު، މިސްކިތަށް ވަދެ ވަޑައިގަތުމާއި ނިކުމެ ވަޑަގަތުމުގައި،މަސްޖިދުލް ޙަރާމްގެ އިމާމުން މިހާރު ގެންދަވަނީ ސެކިއުރިޓީ ޓީމެއް ބޭނުން ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް