ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މި ސަމާލު ނެރެފައިވަނީ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ގަޑިއަކު 19 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭގެ 3:30 އިން ހެނދުނު 09:30 ގެ ވަގުތަށެވެ.
ރާއްޖޭގެ ބޮޑު ސަރަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ތުފާނަކަށް ބަދަލުވާނެކަމަށް ވަނީ ބެލެވިފައެވެ. ބެލެވޭ ގޮތުގައި މިއީ އެ ކޮޅިގަނޑުގެ އަސަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް