އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ 2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ވަނުމުގެ ފުުރުސަތު ހުޅުވާލައިފިއެވެ.
ޖުމްލަ61 ކޯހާއެކު އެމްއެންޔޫގައި ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ވަނުމަށް ހުޅުވާލާފައި ވާއިރު، ކޮންމެ ކޯހަކަށް ވަނުމަށްވެސް ވަކި ތައުލީމީ މިންގަނޑެއް ބޭނުންވެއެވެ.
މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ނުވަތަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އައިޔޫއެމް އިން އެދެއެވެ.
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ، ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމާއި އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ސަނަދުތަކުގެ ކޮޕީގެ އިތުރުން އައިޑީކާޑުގެ ކޮޕީއަކާއި ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ. އަދި އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެ ކަމަށާއި، ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެ ކަމަށް އައިޔޫއެމްގެ އިއުލާނުގައި ވެއެވެ.
އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެ ކަމަށް އެ ޔުނިވަރސިޓީއިން ބުނެއެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)ގެ އިތުރުން އައި.ޔޫ.އެމް ލާރނިންގ ސެންޓަރުގައެވެ. (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެ ކަމަށް އައިޔޫއިމް އިން ބުނެއެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3022120 އަދި 7923247
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް