ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މިރޭ އޮންނާނެ އެވެ.
ޑރ މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވީ މާލޭގައި ކަށުަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަަމަށެވެ. އަދި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ޣައިބަށް ކަށު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަމުން ދާ ކަމަށެވެ.
މީގެ އިތުރުން މިރޭ މަގުރިބު ނަމާދަށް ފަހު ޑރ މަޖީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ކުރުން ސައުދީ އަރަބިއްޔާގެ މައްކާގެ މަސްޖިދުލް ހަރާމް ، މަދީނާގެ މަސްޖިދުލް ނަބަވީ އަދި މަސްޖިދުލް ތޯއިފް ގައި އޮންނާނެ އެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގެ ކޭންޓާބްރީ މިސްކިތުގައި މިރޭ އިޝާ ނަމާދަށް ފަހު ޑ. މަޖީދުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރެވޭނެ އެވެ
ޑރ މަޖީދު އަވަހާރަވީ އިއްޔެ މެންދުރު ފަހު 2:45 ހާއިރު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ. ސްޓްރޯކެއް ޖެހިގެން އެ ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރީ ހުކުރު ދުވަހު އެވެ.
އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު ކޮލަމްބޯގެ ޖާވައްތަ ޖުންމާ މިސްކިތުގައި އެވެ. އަދި މޫނު ދެއްކުން ހެނދުނު 10:00 އަކުން ފެށިގެން އެ މިސްކިތުގައި ކުރިޔަށް ދާނެ އެވެ.
އާއިލާގެ ފަރާތުން ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ކަށުނަމާދާއި ޣައިބަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވުމަށް އެދިފަ އެވެ.
ޑރ މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް