ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) ...

23 May 2018 | 04:53

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން މި އެލާޓް ނެރެފައިވަނީ މއަދު 9:10 ގައި ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއަދު 09:45 އާއި މިރޭ 11:15 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެކަމުގައި ލަފާ ކުރެވޭ ކަމަށެވެ. އަދި 45 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމުގައިވެސް މެޓް އޮފީހުން އަންދާޒާ ކޮށްފައި ވެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. އެހެން ކަމުން ދަތުރު ކުރައްވާ ބޭފުޅުން މިކަމަށް ސަމާލުކަން ދެއްވުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް