މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ މޮބައިލް ބޭންކިން އެޕްލިކޭޝަން "ފައިސާ މޮބައިލް" މެދުވެރިކޮށް މިއަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ބުނީ އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު ފައިސާ މޮބައިލް މެދުވެރިކޮށް ޒަކާތް ދައްކާލެވޭނެ ކަމަށެވެ. ފައިސާ މޮބައިލް މެދުވެރިކޮށް ޒަކާތް ދެއްކޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ތިމާއާ އެހެން މީހުންގެ ޒަކާތްވެސް ދެއްކޭނެކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ. އަދި ޒަކާތް ދެއްކުމަށްފަހުގައި ދެއްކިކަމުގެ ރިސިޕްޓް ލިބިގެންދާނެކަމަށްވެސް އެ ބޭންކުން ބުންޏެވެ.
މި އަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ޚިދުމަތް އިސްލާމިކް ބޭންކުގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން އިސްލާމިކް ބޭންކްގެ އިންޓަނެޓް ބޭންކިން "ފައިސާ ނެޓް" އާއި އިސްލާމިކް ބޭންކުގެ މެއިން ބްރާންޗުންވެސް ލިބޭނެކަމަށް އެ ބޭންކުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް