ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން މި އެލާޓް ނެރެފައިވަނީ މިރޭ 03:30 ގައި އެވެ. މި އެލާޓް ނެރެފައިވަނީ ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
https://twitter.com/MetMaldives/status/999055810352168961
މެޓް އޮފީހުގެ މި އެލާޓްގައި ބުނެފައިވަނީ މިރޭ 03:45 އާއި މާދަމާގެ ހެނދުނު 09:45 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެކަމުގައި ލަފާ ކުރެވޭ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު މި ދުވަސްވަރަކީ ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް