ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށްބޭނުންވާ ފަރާތްތަކުގެ މަރުކަޒަށް އެސްޓިއޯއިން ރޯދަ ހަދިޔާ ދިފިއެވެ.
ރޯދަ ހަދިޔާތަކާ އެ ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ސެންޓަރުގެ ސީއީއޯ އަހުމަދު ލިއުޝާނެވެ.
އެ ސެންޓަރަށް ރޯދަ ހަދިޔާ ހަވާލުކުރީ އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައެވެ. ސީއެސްއާރު ހަރަކާތްތަކުގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައިވެސް އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަރމާޓުން ވިއްކާ ތަފާތު އައިޓަމްތައް ވަނީ އެ ސެންޓަރާ ހަވާލުކޮށްފައެވެ.
އެތަކެތި ހަވާލު ކުރީ އިއްޔެ އެސްޓީއޯ ގްރޫޕް ކުންފުނިތަކުގެ އިސްވެރިންގެ ޓީމެއް ގުރައިދުއަށް ވަޑައިގެން އެ ސެންޓަރުގައި ތިބި ބަލިމީހުންގެ ހާލު ބެއްލެވުމަށްފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް