ފުލުހުން މިހާރު ތަޙުޤީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޖޭއެސްސީގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ ފުލުހަށް ހާޒިރުވުމަށް 14 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވެލެޒިނީ ރާއްޖެއިން ބޭރުގައި އުޅެމުންދާތީ ފުލުހުންނަށް ވަނީ ވެލެޒިނީ ހާޒިރު ކުރެވޭގޮތް ނުވެފައިކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވީ "ވެލެޒިނީ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ތަހުޤީޤަށް ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި ވެލެޒިނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދެވޭ ފުރުސަތެއްގެ ގޮތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގަމެވެ."
އަދި އޭނާގެ މައްޗަށް ކުރެވޭ ތުޙުމަތުތަކާއި ގުޅިގެން 14 ދުވަސް ތެރޭ އޭނާ ފުލުހަށް ހާޒިރު ނުވެއްޖެނަމަ މިހާތަނަށް ލިބިފައިވާ ހެއްކާ ޤަރީނާތަކާއެކު ވެލެޒިނީގެ މައްޗަށް ދަޢުވާކުރަން ފޮނުވާނޭ ކަމަށެވެ.
ވެލެޒިނީ ހޯދަން އިއުލާން ކޮށްފައި ވާއިރު އޭނާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަސޫލެއް ކަމަށް ދައުވާ ކުރަމުންނެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހަށް ހާޒިރުވާން އެންގި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް