ހާލުގައި ޖެހުނު ކޮޅުވެއްޓިއަށް އެހީ ނުވެ އަނބުރާލި ބޯޓުގެ މައްސަލަ ފުލުހުން ބަލަނީ

މި މަހު 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ “މާރިޔާ-3” ކޮޅުވެއްޓި ހާލުގައި ޖެހިފަައި ވަނިކޮށް އެހީތެރިކަަމަށް އެދުމުންވެސް އަޅާނުލާ އަނބުރާލި ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ...

23 May 2017 | 13:44

މި މަހު 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ “މާރިޔާ-3” ކޮޅުވެއްޓި ހާލުގައި ޖެހިފަައި ވަނިކޮށް އެހީތެރިކަަމަށް އެދުމުންވެސް އަޅާނުލާ އަނބުރާލި ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މާރިޔާ-3 ގެ ކައްޕި އާދަމް ނައީމް ބުނީ ސަލާމަތަށް އެދި ގޮވިނަމަވެސް، ކައިރިން ދަތުރުކުރި، މުދާ އުފުލާ ބޯޓުވެސް އަޅާނުލާ ދިޔައީ ދުރަށްކަމަށެވެ.

ނައީމް ބުނީ މި މަހުގެ 19 ވަނަ ދުވަހު ރޭ 7:30 ހާއިރު ފެނުނު އުޅަނދެއް އެމީހުނާ ދިމާލަށް އައި ކަމަށާއި އަދި އެ ބޯޓު އަންނަނިކޮށް މާރިޔާ 3 އިން އަލިފާން ބޯޅަ އެއްޗެހި ޖަހަން ފެށުމުން އަނބުރާލާފައި ދިޔަކަމަށެވެ.

ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެމައްސަލަ ފުލުހުން ދޫކޮށްނުލާނެ ކަމަށާއި އަދި އެ މައްސަލައާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

މާރިޔާ 3 އާއި ދިމާލަށް އައީ ކޮން ބޯޓެއްކަން ނޭގުނު ނަމަވެސް އެއީ ބޮޑު ކާގޯބޯޓެއްކަން އެނގޭކަމަށް ނައީމް ބުންޏެވެ. އަދި އެ ބޯޓު ދަތުރު ކުރަމުންދިޔައީ މ އަތޮޅާއި، ތ އަތޮޅާއި ދޭތެރިން ހުޅަނގު ބިތަށްކަމަށްވެސް ނައީމް ބުންޏެވެ.

މޫސުން ގޯސް ދުވަސްވަރެއްގައި އަންހެނުންނާއި ހަތަރު ބިދޭސީން ގޮވައިގެން ނައީމް ދަތުރު ކުރަމުން ދިޔައިރު، ދަތުރުގެ މިސްރާބު ކައްސާލީ ބިޔަ ރާޅެއް ނަގައި ކޮޅުވެއްޓިގެ ރޭމްޕް ވެއްޓުނު ހިސާބުންނެވެ.

ކޮޅުވެއްޓި ގެއްލުނީ ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް