މާދަމާގެ ހަވީރުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އިން މިއަދި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން މާލޭގައި އަލަށް ބަހައްޓާ 8 މެގަވޮޓް ގެ ޖަނެރޭޓަރުގެ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދަން ހަމަޖެހިފައިވާތީ، މަސައްކަތް ހިނގަމުންދާ ވަގުތުގައި ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
ސްޓްލްކޯ އިން ހާމަކުރި ގޮތުގައި އާ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރު 4 އާއި 5 އާއި ދެމެދުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް