17މިލިއަން ޑޮލަރުގެ ހުއިފި ލަނޑާ އާލާކުރިކަމަށްބުނެ އެމެރިކާގެ ދެބަފައިން އަތުލައިގެންފި

ޗައިނާގެ މާރުކޭޓުތަކަށް ވިއްކުމުގެ ބޭނުމުގައި ގާނޫނާ ޚިލާފަށް 17 މިލިއަން ޑޮލަރުގެ ހުއިފި ލަނޑާ އާލާ ކުރިކަމަށްބުނެ އެމެރިކާގެ ދެބަފައިން ހައްޔަރުކޮށްފި އެވެ. ރޭމަން ޓޮރެސް މޭރަކުއިން އާއި އޭނާގެ ދަރި...

23 May 2017 | 03:19

ޗައިނާގެ މާރުކޭޓުތަކަށް ވިއްކުމުގެ ބޭނުމުގައި ގާނޫނާ ޚިލާފަށް 17 މިލިއަން ޑޮލަރުގެ ހުއިފި ލަނޑާ އާލާ ކުރިކަމަށްބުނެ އެމެރިކާގެ ދެބަފައިން ހައްޔަރުކޮށްފި އެވެ.

ރޭމަން ޓޮރެސް މޭރަކުއިން އާއި އޭނާގެ ދަރި ޑޭވިޑް މެރިކުއިން ހައްޔަރުކޮށްފައިވަނީ އެމުން ހިންގާ ކޮމްޕެނީ (ބްލެސިންގްސް އިންކް)ގެ ނަމުގައި އެމެރިކާގެ ގާނޫނާ ޚިލާފަށް ހުއިފި ލނަޑާ އާލާކޮށް އެ ވިއްކަން އުޅުމުގެ މައްސަލާގައި ކަމަށް އެމެރިކާގެ ސެންޑިއާގޯގެ ފެޑެރަލް ކޯޓުން ވަނީ ހާމަކޮށްފަ އެވެ.

ހުއިފި ލަނޑާ ގަނެވިއްކުމުގެ ހުއްދަ ހޯދައިގެން އެކަންތައް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް މި ދެބަފައިން ހިންގާ މި ވިޔަފާރީގައި އެ ހުއްދަ ނަގާފައި ނުވާ ކަމަށްވެސް ފެޑެރަލް ކޯޓުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ފިޝް އެންޑް ވައިލްޑް ލައިފް ގެ އޭޖެންޓަކު ހާމކުރާގޮތުގައި އެމެރިކާއިން މިފަދަ ބާވަތްތަށް ބޭރުކުރަނީ މަދުމަދުންނެވެ. އޭގެފަހުން ހުރހާ އެއްޗެއް ބޯޑަރުން ބޭރުވުމުން އެކައްޗަކަށް އޭޝިޔާގެ މާރުކޭޓުތަކަށް ގޮސް ވިއްކާލަނީ އެވެ.

ހުއިފި ލަނޑާގެ ބާވަތްތަކަށް ބަލާފައި ޗައިނާގެ މާރުކޭޓުތަކުގައި އެއްމެ ޕައުންޑެއްގެ ލަނޑާ 300ޑޮލަރަށް ވިއްކާލެވޭނެ އެވެ. މިފަދަ ބޮޑު އަގެއްގައި ހުއފި ލަނޑާ ވިއްކާލެވެނީ ޗައިނާގެ މީހުންނަށް އެއީ އެމީހުންގެ ކާބަފައިންގެ އިރުއްސުރެ ޞޭސްވެރިކަމަށާއި އެހެނިހެން ކަންތައްތަކުގައި ބޭނުންކުރެވޭ އެއްޗަކަށް ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް