އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އަބިކަނބަލުން ސައުދީއަށް ކުރަށްވާ ރަސްމީދަތުރުފުޅުގައި އެދެކަނބަލުން ސައުދީގެ ކަދުރާއި ކޮފީގެ ރަހަ ބައްލަވވައިފި އެވެ.
އެ ދެކަނބަލުން ކަދުރާއި ކޮފީގެ ރަހަ ބައްލަވާފައިވަނީ ރަސްމީ ބައްދަލުވުންތަކަށްފަހު ދެކަނބަލުންގެ ހިދުމަތުގައި އެރުވި ފަރީއްކޮޅެއްގަ އެވެ.
އެމެރިކާގެ ރައީސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ސައުދީއަށް ކުރެއްވީ ސައުދީއާއި އެކު އެތަކެއް ޑީލެއްގައި ސޮއެ ކުރުމުގެ ބޭނުމުގަ އެވެ.
މި ބައްދަލުވުންތަކުގައި ޓްރަންޕް ވަނީ އެމެރިކާއިން ކުރާ ހަނގުރާމައަކީ މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި އެއީ ދީނުގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް