ނާޒިމް މާދަމާ މާލެ ވަޑައިގަންނަވަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އާއިލާ އިން ބުނެފި އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެ...

23 May 2015 | 10:17

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އާއިލާ އިން ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދާ ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ބޭސް ފަރުވާއަށް އޭނާ ދީފައިވަނީ 45 ދުވަހެވެ. އާއިލާ އިން ބުނާ ގޮތުގައި އެ މުއްދަތު ހަމަވާނީ މާދަމާ އެވެ. އަދި މާދަމާ ހެނދުނު ނާޒިމް މާލެ ވަޑައިގަންނަވާނެ ކަމުގައިވެސް އާއިލާ އިން ބުނެ އެވެ.

ނާޒިމަށް 45 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތު ހަމަނުވަނީސް މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ވަނީ އޭނާގެ ބޭސްފަރުވާ ނިމިފައިވާކަމުގެ ހަބަރުލިބިފައިވާކަމަށް ބުނެ މީގެ ކުރިން އޭނާ މާލެ އައުމަށް އަންގާފަ އެވެ. ނަމަވެސް އާއިލާ އިން ބުނީ ނާޒިމަށް ދީފައިވާ 45 ދުވަސް ހަމަވުމުން ނާޒިމް މާލެ ވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ފިލައިގެން އުޅުއްވާނެ ބޭފުޅެއް ނޫން ކަަމަށެވެ.

ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް