ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް މުއްދަތެއް ދެނީ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހަން މުއްދަތެއް ދޭން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހް...

23 May 2015 | 09:15

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހަން މުއްދަތެއް ދޭން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައި ހުރި ފޯމުތަކުގެ ތެރޭގައި އިނގިލީގެ ނިޝާން ޖަހާފައިވާ ފޯމުތަކާއި ނުޖަހާ ހުރި ފޯމުތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އޭޏާ ވިދާޅުވީ އިންގިލީގެ ނިޝާން ޖެހުމަށް މުއްދަތެއް ދޭން ނިންމީ ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު އެކަމަށް މުއްދަތެއް ދޭން ކުރީގެ ކޮމިޝަނުންވެސް މަޝްވަރާކޮށްފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކޮމިޝަނުން ނިންމާފައިވީނަމަވެސް އިގިލީގެ ނިޝާން ޖެހުމަށް ދޭނެ މުއްދަތަކާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ގޮތެއް ނިންމުމަށް ފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އާ ގާނޫނަށް އަމަލު ކުރަން ފެށިފަހުން ހުރިހާ ފޯމެއްގައި އިނގިލީގެ ނިޝާން ޖަހައިގެން ހުށަހަޅާ ޕާޓީއަކީ ޕީޕީއެމްއަކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހް އެނގެން އޮންނަން ވާނެ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި 15 ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް