ލައިފް ފެނުގެ ވަކި ބެޗެއްގެ ފެން ވިއްކުން މަނާކޮށްފި

ލައިފް ފެނުގެ ބެޗު ނަމްބަރު 226 ގެ ފެން ވިއްކުން މޯލްޑިވުސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ. އެއޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެނުގައި ހުރުން އެކަށީގެން ނުވާ ވަހަކާއި ކުނޑި...

23 May 2015 | 09:13

ލައިފް ފެނުގެ ބެޗު ނަމްބަރު 226 ގެ ފެން ވިއްކުން މޯލްޑިވުސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

އެއޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެނުގައި ހުރުން އެކަށީގެން ނުވާ ވަހަކާއި ކުނޑި ލައިފް ފެނުގެ 226 ނަމްބަރު ބެޗްގެ ފެންފުޅިތަކުގައި، ހުރިކަން ފާހަގަކުރެވިފައިވާތީ ބަންދުކޮށް ބާޒާރަށް ނެރެފައިވާ އެބެޗުގެ ފެން ވިއްކުމަށާއި ބުއިމަށް ބޭނުން ނުކުރުމަށް އަންގާކަމަށެވެ. އަދި ލައިފް ފެނުގައި ފެނުގައި ހުރުން އެކަށީގެން ނުވާ ވަހަކާއި ކުނޑި ހުރިކަން ފާހަގަ ވާނަމަ އެފަދަފެން ބޭނުން ނުކުރުމަށްވެސް މޯލްޑިވުސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެދިފައެވެ.

ލައިފް ފެނުގެ މިމައްސަލަ ދިމާވުމާއި ގުޅިގެން އިތުރު ތަހުލީލުތައް ކުރަމުންދާ ކަމަށާއި، އިތުރު މައްސަލައެއް ލައިފްފެނުން ފާހަގަ ވެއްޖެނަމަ އެމައުލޫމާތެއް ލަސްނުކޮށް ހިއްސާކުރާނެ ކަމުގައިވެސް އެއޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ލައިފް ފެންފުޅިތަކުގައި ބެޗްނަމްބަރު ޖަހާފައި ހުންނާނީ، ފުޅީގެ ލޭބަލްގެ މަތިން ފުޅީގެ ތުބާއި ކައިރީގައި ކަޅު އަކުރުން ޖަހާފައިވާ ބަންދުކުރި ތާރީހުގެ ތިރީގައެވެ.

ލައިފް ފެން ރާއްޖޭގައި އުފައްއްދާ ވިއްކަމުން ދަނީ އައިލެންޑް ބޭވަރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް