ކަކުލުގެ އޮޕަރޭޝަނަކަށްފަހު ޝާހްރުކްޙާން ހޮސްޕިޓަލުން ދޫކޮށްލައިފި

ކާމިޔާބު ކަކުލުގެ އޮޕަރޭޝަނަކަށްފަހު ބޮލީވުޑްގެ މަޝްހޫރުތަރި ޝާހްރުކް ޚާން އިއްޔެ ގެއަށް ދޫކޮށްލައިފި އެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އޮޕަރޭޝަންގެ ސަބަބުން ޝާހްރުކަށް ކުރިއަށް އޮތް ހަތަރު ދުވަހ...

23 May 2015 | 08:56

ކާމިޔާބު ކަކުލުގެ އޮޕަރޭޝަނަކަށްފަހު ބޮލީވުޑްގެ މަޝްހޫރުތަރި ޝާހްރުކް ޚާން އިއްޔެ ގެއަށް ދޫކޮށްލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އޮޕަރޭޝަންގެ ސަބަބުން ޝާހްރުކަށް ކުރިއަށް އޮތް ހަތަރު ދުވަހު ބެޑްރެސްޓް ނަގަން ޖެހެ އެވެ. ކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު ޝާހް މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ރާހުލް ދޮލާކިޔާގެ "ރައީސް" މި ފިލްމްގަ އެވެ.

ޝާހްގެ ކަކޫ އޮޕަރޭޝަން ކުރި ޑޮކްޓަރު ސަންޖޭ ދޭސާއި ބުނެފައިވަނީ އޮޕަރޭޝަން ކުރީ ވާތު ކަކޫ ކަމަށާއި އެ އޮޕަރޭޝަން ކުރަން ޖެހުނީ ދިގު މުއްދަތަކަށް ކަކުލަށް ތަދުވެ އެ ކަކޫ ދުޅަވާތީ ކަމަށެވެ. އަދި ދާދި އަވަހަށް ޝާހް އަށް އެނބުރި މަސައްކަތަށް ދެވޭނެ ކަމަށްވެސް ޑޮކްޓަރު ބުނެފައި ވެ އެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޝާހްގެ ކަކުލަށް ގެއްލުންވީ ފަރާ ޚާންގެ "ހެޕީ ނިއު އިޔާ"ގެ ޕްރޮމޯޝަންގައި އުޅުމުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް