އިންޑިއާގައި ހޫނު ގަދަވުމުގެ ސަބަބުން 3 ދުވަސްތެރޭގައި 200 މަރު

އިންޑިއާގެ އަންދުރަޕްރަދޭޝް އާއި ތެލަންގާނާގައި ހޫނު ގަދަވުމުގެ ސަބަބުން ފާއިތުވި ތިން ދުވަހު 200 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފި އެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ...

23 May 2015 | 07:39

އިންޑިއާގެ އަންދުރަޕްރަދޭޝް އާއި ތެލަންގާނާގައި ހޫނު ގަދަވުމުގެ ސަބަބުން ފާއިތުވި ތިން ދުވަހު 200 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެ ދެ ސްޓޭޓްގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން އުޅެނީ 47 ޑިގްރީގައި ކަމަށާއި އިއްޔެ ހުކުރު ދުވަހު އެކަނިވެސް އަންދްރަޕްރަދޭޝްއިން 100 އަށްވުރެ ގިނަ މީޙުން މަރުވެފައިވާއިރު ފާއިތުވި ތިން ދުވަހު އަންދްރަޕްރަދޭޝްއާއި ތެލަންގާނާއިން 200 އަށް ވުރެ ގިން މީޙުން މަރުވެފައި ވާކަމަށެވެ.

އެ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން މިކަމަށް ތައްޔާރުވަމުން އަންނައިރު ކުޑައެއް އެއްޗެއް ނުލާ ގަދަ އަވީގައި މަގުމައްޗަށް ނުނުކުތުމަށް އެ ސްޓޭޓްތަކުގެ ކަމާ ބެހޭ ފަރާތްތަކުން އާންމުންނަށް ވަނީ އަންގާފަ އެވެ.

އިންޑިއާގެ މޫމުމާބެހޭ އިދާރާއިން ބުނަނީ ހޫނުމިން އެ ސަރަހައްދުތަކުގެ ހޫނުމިން 45 ޑިގްރީއާއި 47 ޑިގްރީއާ ދެމެދު އުޅޭއިރު ކުރިއަށް އޮތް ތިން ދުވަހުވެސް ހަމަ އެހާ ހޫނު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް