ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 64 ބިދޭސީއަކު ލ. އަތޮޅުން އަތުލައިގެންފި

އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް އުޅެމުންދިޔަ 64 ބިދޭސީއަކު ލ. އަތޮޅުން އަތުލައިގެންފި އެވެ. ފުލުހުން ބުނީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ މި މީހުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނ...

23 May 2015 | 07:33

އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް އުޅެމުންދިޔަ 64 ބިދޭސީއަކު ލ. އަތޮޅުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ މި މީހުން  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. އަތޮޅުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާފުލުހުން ގުޅިގެން މިހާރު ލ. އަތޮޅުގައި ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށާއި އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާމި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ލ.ގަމާއި  ފޮނަދޫ އާއި މާމެންދޫ އާއި  މާވަށުގެ އިތުރުން އިސްދޫގައި ކަމަށެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 177 ބިދޭސީއަކު ބަލައިފާސްކޮށްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 64 މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

މ އޮޕަރޭޝަނާ ގުޅޭގޮތުން ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝާކިރު  ވިދާޅުވެފައިވަނީ އޮޕަރޭޝަންގައި ލ.އަތޮޅުގައި އިމިގްރޭޝަން ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅެ އެ ފަރާތްތައް ލައްވާ މަސައްކަތް ކުރުވާ ފަރާތްތައް ދެނެގަން އެފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ލ. އަތޮޅުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތައް ގުޅިގެން 2014 ވަނަ ހިންގި އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 108 ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަންއާ ވަނީ ހަވާލު ކޮށްފައެވެ. އަދި 2014 ވަނަ އަހަރުގެ ޖޫން މަހު ލ.އަތޮޅުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 57 ބިދޭސީއަކު އަތުލައިގަނެފައި ވާއިރު އެ އަހަރުގެ ސެޕްޓެމްބަރު މަހު ހިންގި އޮޕަރޭޝަންގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 51 ބިދޭސީން އަތުލައިގަނެ އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީން އިމިގްރޭޝަންއާ ހަވާލުކުރުމަށް މާލެ ފޮނުވުމުގެ މަސައްކަތް ލ.ގަން ޕޮލިސް ސްޓޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް