ހުޅުމާލޭ ފްލެޓެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ 12 ޕެކެޓާއެކު 2 ފިރިހެނުންނާ 16 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އަދި މި ތިން މީހުންނަކީވެސް ދިވެހީން ކަމަށެވެ.
2015 މެއި 22 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ފްލެޓް 68-02-05 ކޯޓްއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެތަނުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހޭޝް އޮއިލް ކަމަށް ޝައްކުކުރެވޭ އެއްޗެއް ބަންދުކޮށްފައިހުރި އަށް ރަބަރު ސެލޯފިންކޮޅާއި، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ބްރައުން ޝުގަރ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން މިފްލެޓް ބަލައި ފާސްކުރަން ވަތްއިރު މިފްލެޓްގައި ދެ ފިރިހެނުންނާއި އަންހެން ކުއްޖަކު ތިބި ކަމަށާއި ފުލުހުން ވަދެ އެޕާޓްމަންޓް ބަލައި ފާސްކޮށް އެވަގުތު އެތަނުގައި ތިބި ތިން މީހުންނާ އެތަނުން ފެނުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް