ބީއެމްއެލްއިން ސްވިމިން އެސޯސިއޭޝަނާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަޝިޕް އިތުރު ތިން އަހަރަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ. މި އެއްބަސްވ...

23 Apr 2025 | 16:29

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އިން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ގައުމީ ސްވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އައުކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑުމެންގެ އެތްލީޓުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ދެމިތިބޭނަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ "ބޭންކް އޮފް މޯލްޑިވްސްއާއެކު އަޅުގަނޑުމެންގެ ޕާޓްނަރޝިޕް އައުކުރެވުނުކަމީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް. އަދި މިޕާޓްނަރޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާ ފެތުމުގެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެއަށް ރީތިނަމާ ޝަރަފު ހޯދަން ކުރަމުންދާ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސްއާއެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ."

2016ވަނަ އަހަރުން ފެށިގެން ބޭންކުން ސްވިމިންގް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް