"ފަހި ޞިއްޙަތު" ނަމުގައި ހެލްތު ފެއާއެއް ހުކުރު ދުވަހު

2025 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން، 25 އޭޕ...

23 Apr 2025 | 16:19

2025 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން، 25 އޭޕްރީލް 2025 ގައި އާޓިފިޝަލް ބީޗުގައި "ފަހި ޞިއްޙަތު" ގެނަމުގައި ހެލްތް ފެއަރއެއް ބާއްވަން ނިންމައިފިއެވެ.

މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅޭ ތީމްއަކީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަޤުބަލެއް" މިއެވެ. މި ތީމުން އަލިއަޅުވާލަނީ މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ މުހިންމުކަމަށެވެ. އެއީ ދުޅަހެޔޮ މުޖުތަމަޢުތަކަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ.

މި ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެފައިވާގޮތުގައި ތިރީގައި ލިސްޓް ކުރެވިފައިވާ ފަރާތްތަކުން މި ފެއަރގައި، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ތީމްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނެއެވެ.

މި ފެއަރގައި ބައިވެރިވާ ފަރާތްތައް

  • ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހުރިހާ ޑިފާރޓްމަންޓް ތައް (ޑިފާރޓްމަންޓް އޮފް ޕަބްލިކް ހެލްތް، ޑިފާރޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިފާރޓްމަންޓް އޮފް މެޑިކަލް ސައިންސަސް، ޑިފާރޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)
  • ސްކޫލް އޮފް މެޑިސިން
  • ސްކޫލް އޮފް ނާރސިންގ
  • ދަމަނަވެށި
  • ކެއަރ ސޮސައިޓީ
  • ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
  • ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް
  • ހެލްތް ޕްރޮޓެކްޝަން އޭޖެންސީ
  • ހުޅުމާލެ ހޮސްޕިޓަލް
  • ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން
  • ސުވިމް މޯލްޑިވްސް
  • ޑަބްލިއުއެޗްއޯ
  • ޔުނިސެފް

މި ޕްރޮގްރާމް ކުރިއަށްދާނީ 25 އޭޕްރީލް 2025 ވާ ހުކުރު ދުވަހު ދެ ސެޝަނަކަށް ބަހާލައިގެންކަމަށް ބުނެފައިވެއެވެ.

އެއީ:-

  • ހަވީރުގެ ސެޝަން: 16:00 އިން 18:00 އަށް
  • ރޭގަނޑުގެ ސެޝަން: 20:00 އިން 22:00 އަށް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް